ނޫމަޑި މައްސަލާގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަން ފާސްކޮށްފި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓް އަޅަން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އާއެކުވި ދެ އެއްބަސްވުން ސަރުކާރުން އުވާލުމުން ދައުލަތުން އެ ކުންފުންޏަށް ބަދަލުދޭންޖެހުނު މައްސަލާގައި، އިހުމާލުވި މީހުންނަށް ފިޔަވަޅު އެޅުމަށް ރަ މަޖިލީހުން ފާސްކޮށްފިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓް އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، އެ ކުންފުންޏާ އެކު ސެޓްލްމަންޓް އެގްރިމެންޓެއް ހަދައި 55 މިލިއަން ޑޮލަރު (845 މިލިއަން ރުފިޔާ) ވަނީ ދީފައެވެ.

އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުމުން ދޮގު މައުލޫމާތު ކޮމެޓިއަށް ދީފައިވާތީއާއި ނޫމަޑިއާއި ގުޅިގެން ޑރ މުއިއްޒު މާލީ މަންފާއެއް ހޯއްދަވާފައިވޭތޯ މާލިއްޔަތު ކޮމެޓީން ވަނީ މީގެކުރިން ފާސްކޮށްފައެވެ.

ކޯޓް އޮފް އާބިޓްރޭޝަނަށް ޑރ މުއިއްޒު ވަނީ ބަޔާނެއް ދެއްވާފައެވެ. މާލިއްޔަތު ކޮމެޓީގައި ބައެއް މެންބަރުން ވަނީ  ސަރުކާރުން މިހާ ބޮޑު އަދަދެއްގެ ފައިސާ ދޭންޖެހުނީ ޑރ މުއިއްޒު ނޫމަޑިއާއި އެއްކޮޅަށް ބަޔާން ދެއްވައިގެން ކަމަށް ވިދާޅުވެފައެވެ.

މި މައްސަލާގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅައި ދިނުމަށް މަޖިލީހުން ފާސްކުރިއިރު ނޫމަޑި މައްސަލާގައި ދޮގު މައުލޫމާތު ދެއްވި މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަން ޕޮލިހުގައި ބަންޑާރަ ނާއިބު  ވަނީ އެދިފައެވެ.

ނޫމަޑި ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރި މައްސަލައިގެ އާބިޓްރޭޝަނަށް ބަޔާން ދިނީ، އެ މައްސަލައިގައި ކުރިން ދީފައިވާ ބަޔާންތަކެއްގައި މުއިއްޒާއި މެދު ދައްކާވައިފާ ދޮގު ވާހަކަތަކެއްގެ ހަގީގަތް ހާމަކޮށްދިނުމަށް ކަމަށް މުއިއްޒު ވަނީ މާލިއްޔަތު ކޮމެޓީގައި ވިދާޅުވެފައެވެ. އެހެންނަމަވެސް ބަޔާން ހަވާލުކުރީ ކާކުގެ އަތަށްކަމެއް އޭނާއަށް ނޭނގޭ ކަމަށްވެސް ކޮމެޓީގައި އޭނާ ވަނީ ވިދާޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.