ކުޑަކުދިންތަކެއް 2040 ތަސައްވުރު ކުރާ ގޮތް ރައީސަށް ދައްކާލައިފި

2040 ގެ ތަސައްވުރާ ގުޅޭގޮތުން ކުޑަކުދިންތަކެއް ލިޔެފައިވާ ދެ ފޮތެއް ރައީސަށް ހަދިޔާކުރެއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

މީގެ 20 އަހަރު ފަހުން، 2040 ވަނަ އަހަރު ތަސައްވުރު ކުރާ ގޮތާ ގުޅޭ ގޮތުން ކުޑަކުދިންތަކެއް ތައްޔާރު ކުރި ދެ ފޮތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް މިއަދު ހަދިޔާކޮށްފިއެވެ.

ރައީސަށް ހަދިޔާކޮށްފައި ވަނީ އުގައިލް ފައުންޑޭޝަނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އެހީގައި ދިވެހި ކުޑަކުދިންތަކެއް ތައްޔާރު ދެ ފޮތެކެވެ. އެއީ ‘ވިޝަން 2040’ އަދި ‘2040 ވަޓް ވުޑް އިޓް ބީ ލައިކް؟’ގެ ނަމުގައި ލިޔެފައިވާ ދެ ފޮތެކެވެ.

2040 ގެ ތަސައްވުރާ ގުޅޭގޮތުން ކުޑަކުދިންތަކެއް ލިޔެފައިވާ ދެ ފޮތެއް ރައީސަށް ހަދިޔާކުރެއްވި ރަސްމިއްޔާތުގެ ތެރެއިން– ފޮޓޯ/ ރައީސް އޮފީސް

މި ދެ ފޮތަކީ ޕްރޮފެސަރ ޙަސަން އުގައިލްގެ އުގައިލް ފައުންޑޭޝަންގެ ކިޑްސް ސަރކަލްއިން އެކުލަވައިލާ ތައްޔާރުކޮށްފައިވާ ދެ ފޮތެވެ. މީގެތެރެއިން ‘ވިޝަން 2040’ ފޮތަކީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ކުޑަކުދިންތަކެއް، އެ ކުދިން 2040 ވަނަ އަހަރު ދުނިޔެ އޮންނާނެކަމަށް ތަސައްވުރު ކުރާ ގޮތާ ގުޅޭގޮތުން ލިޔެފައިވާ ފޮތެކެވެ.

2040 ގެ ތަސައްވުރާ ގުޅޭގޮތުން ކުޑަކުދިންތަކެއް ލިޔެފައިވާ ދެ ފޮތެއް ރައީސަށް ހަދިޔާކުރެއްވި ރަސްމިއްޔާތުގެ ތެރެއިން– ފޮޓޯ/ ރައީސް އޮފީސް

އަދި ‘2040 ވަޓް ވުޑް އިޓް ބީ ލައިކް؟’ ފޮތަކީ 11 އަހަރާއި 14 އަހަރާ ދެމެދުގެ ކުޑަކުދިންތަކެއް 2040 ވަނަ އަހަރުގެ ތަސައްވުރާ ގުޅޭގޮތުން އެކުލަވައިލާފައިވާ ފޮތެކެވެ. އެ ގޮތުން މީގެ 20 އަހަރު ފަހުން ދުނިޔޭގެ ކަންކަން އޮންނާނެގޮތުގެ ތަސައްވުރާއި، މީހުން އަދާކުރާނެ ވަޒީފާތަކާއި، ޗުއްޓީ ހޭދަކުރުމަށް ޖައްވަށް ދަތުރުފަތުރު ކުރުމާއި، އައު ހޯދުންތަކާއި، އެފަދަ އެތައްކަމެއް އެ ކުދިންގެ ތަސައްވުރުގައި ހުރިގޮތް މި ދެ ފޮތުގައި ލިޔުމުންނާއި ކުރެހުމުގެ ޒަރީޢާއިން ހިމަނާފައިވެއެވެ. އަދި، ނަންދިނުމުން ފެށިގެންގޮސް ބަނޑޭރިގަނޑާއި ފޮތުގެ ހުރިހާ ކޮންޓެންޓެއް ތައްޔާރުކޮށްފައި ވަނީ ކުޑަކުދިންނެވެ. މި ދެ ފޮތް ތައްޔާރުކުރުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 400 އަށް ވުރެ ގިނަ ކުދިން އޮންލައިންކޮށް ބައިވެރިވެފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.