މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

ގދ.އަތޮޅުގެ ޕާކް ހަޔަޓް ރިސޯޓުގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މި ހާދިސާގައި މަރުވެފައިވަނީ އެމެރިކާ އަށް ނިސްބަތްވާ އުމުރުން 59 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި ހާދިސާ ހިނގުމާއެކު ގއ.ވިލިނގިލި ހޮސްޕިޓަލަށް މިރޭ 18:20 ހާއިރު އޭނާ ގެންދިޔަ ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.