ހިޔާ ފްލެޓުތައް ދިން ގޮތުގެ ޖިނާއީ ތަހުގީގެއް ހިންގަން ފާސްކޮށްފި

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހިންގި "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓު ދިން ގޮތުގެ ޖިނާއީ ތަހުގީގެއް ހިންގަން މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން އެގޮތަށް އެކަން ކުރުމަށް ނިންމީ މިއަދު ބޭއްވި އެކައުންސިލްގެ ބައްދަލުވުމުގައެވެ.

މާލެސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ 7000 ފްލެޓު ދޫކޮށްފައިވަނީ އޭގެ ހައްގުވެރިންނަށްތޯ މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. މިއަދުގެ ބައްދަލުވުމުގައި ފްލެޓުތައްކުގެ ހައްގުވެރިންނަށް އެ ފްލެޓުތައް ދިނުމަށްޓަކައި ސަރުކާރުން މިހާތަނަށް ކޮށްފައިވާ މަސައްކަތަކީ ކޮބައިތޯވެސް ބެލުމަށް ވަނީ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ފާސްކޮށްފައެވެ.

ހިޔާ ފްލެޓުތައް ދިނުމުގައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އިސްކޮށް އުޅުއްވި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އެކަމުގައި އިސްކޮށް އުޅުއްވި ބޭފުޅުން އެކަންކޮށްފައި ހުރިގޮތާ މެދު ޖިނާއީ ތަހުގީގެއް ހިންގަން ފާސްކޮށްފައިވާ ކަމަށް ވެސް ސިޓީ ކައުންސިލްގެ ބަޔާނުގައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.