ހުޅުމާލޭގައި ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި

ހުޅުމާލޭގައި ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފިއެވެ.

ފުލުހުން ވަނީ “ހަތާވީސް އޮންލައިން”އަށް ހުޅުމާޅޭގައި ތޫނު އެއްޗަކުން ހަމަލާދީގެން އުޅޭކަން ކަށަވަރު ކޮށްދީފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު “ހަތާވީސް އޮންލައިން”އަށް ވިދާޅުވީ މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 20:10 އެހާކަށްހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާވީ ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުންނަށް ހަމަލާ ދިނީ ހެލްމެޓު އަޅައިގެން ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށެވެ.

ފުލުހުން ބުނީ އަނިޔާވި ތިން މީހުންގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އަނިޔާވި އެއް މީހެއްގެ ތެރެއިން އެކަކަކީ ރާއްޖެ އައިސް އުޅޭ ޗައިނާ ފަތުރުވެރިއެއް ކަމަށާއި އަނެއް ދެ މީހުންނަކީ ރާއްޖޭގައި މަސައްކަތް ދެ ބިދޭސީން ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

 

 

ހިޔާލު ދެއްވާ!

Your email address will not be published.