ފޮޓޯތައް ފޮނުވީ އަހެއްގައި، އިންޓަނެޓަށްވުރެ އަވަސް

މިއީ އެވޭލާ ގޮތްތަކަށް ކަންތައްތައް ކުރާ ހިތްވާ މީހުންނަށް ލިބުނު މޮޅެކެވެ. އިންޓަނެޓަށް ވުރެ މާ އަވަހަށް އަހެއްގައި ފޮޓޯ ފޮނުވުނީ އެވެ.

ޖަރުމަނުގެ ފަރުބަދަމަތީ ސަރަހައްދެއްގައިވާ ރަށްފުށު ހިސާބެއްގައި ދިިރިއުޅޭ ފޮޓޯގްރާފަރު ކްލައުސް ޕީޓާ ކަޕެސްޓް އިންޓަނެޓްގެ ސްޕީޑާއި މެދު ނުރުހި ހުންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އޭނާ ފޫހިވަނީ ފޮޓޯތައް އަޕްލޯޑް ކުރެވޭލެއް ލަސްކަމުންނެެވެ. އޭނާ އުޅޭ ސަރަހައްދަށް ލިބޭ 1.5 އެމްބީޕީއެސްގެ ސްޕީޑްގައި ފޮޓޯ ކަލެކްޝަނެއް ކަސްްޓަމަރަކަށް ފޮނުވަން އެތައް ގަޑިއިރެއް ހޭދަވެއެވެ.

އުމުރުން 52 އަހަރުގެ ކަޕެސްޓް އޭނާގެ ފޮޓޯތައް ފޮނުވާ މަޖައްލާއެއްގެ މީހުންނާ އެކު މިކަމުގެ ޝަކުވާކުރި ދުވަހެއްގައި އެކަމަށް ޖޯކް ޖެހުމުގެ ގޮތުން އެޑިޓަރު ބުނީ  ފޮޓޯ ފޮނުވަންވީ އަހެއްގައި ކަަމަަށެވެ.

“އެއީ މެދުޒަމާނުގައި ނަމަ އެންމެ އިތުބާރުކުރެވޭ މުވާސަލާތީ ޓެކްނޮލޮޖީ،” ކަޕެސްޓް ބުންޏެވެ.

އޭގެ ޖަވާބުގައި އެޑިޓަރު ބުނީ އިންޓަނެޓް މެދުވެރިކޮށް ފޮނުވުމާއި އަަހެއްގައި ފޮނުވުމާއި ދެގޮތުން ކުރެ އަވަހީ ކޮންގޮތެއްތޯ ބަލައިލުން ރަނގަޅުކަމަށެވެ.

އެ މަސައްކަތަށް ކަޕެސްޓް ހޯދީ ފުރާވަރުގެ އުމުރުގެ އަަސްދުއްވުންތެެރިއެއް ކަމަށްވާ ޖޭކޮބް ޝުއެޓް އެވެ. އެނާއަކީ އޮބާކިޗެން ނަމަކަށްކިޔާ އަވަށުގައި އުޅޭ ކުއްޖެކެވެ. ޑީވީޑީއަކަށް 800 ފޮޓޯ އަޅައި، އެ ޑީވީޑީ ދަބަހަކަށް ލާފައި ކަޕެސްޓް އެކުއްޖާ އަތަށް ދިނެވެ. އެކުއްޖާ ދަަތުރުފެށި ވަގުތު، އިންޓަނެޓް މެދުވެރިކޮށް އެފޮޓޯތައް ފޮނުވަން ވެސް ކަޕެސްޓް ޖެއްސިއެވެ. ފޮޓޯތައް ގެންދަން ޖެހޭ އޮފީސް ހުރީ ހަމޭލު ދުރުގަ އެވެ.

އިންޓަނެޓުން ފޮނުވަން ޖެއްސި ފޮޓޯތައް އަޕްލޯޑްވެ ނިމެން ހަގަޑިއިރު ހޭދަވިއިރު އަހުގައި ފޮޓޯތައް ގެންދަން ހޭދަވީ 1 ގަޑިއިރާއި 44 މިނެޓެވެ. ދަ ޓައިމްސްއަށް ކަޕެސްޓް ބުނެފައިވާ ގޮތުގައި އަސްދުއްވި ކުއްޖާ އެވަގުތުގެ ތެރޭގައި ކުރިކަމަކީ ހަމައެކަނި ފޮޓޯތައް ރައްދުކޮށްދިނުމެއް ނޫނެވެ. އަސް އޮންނަންވާ ތަނަށް ގެންގޮސް އެ ތާހިރުކޮށް ކާންދީ އެއަށް ކުރަންވާ ހުރިހާ ޚިދުމަތެެއް ވެސްް ކުރި އެވެ.

އެކަަމަކު ކުރިއަށް އޮތް ތަނުގައި ފޮޓޯ ގެންދިއުމުގެ މިރޭސް މިއަށް ވުރެ އުނދަގޫވާނެ އެވެ. ކަޕެސްޓް މިކުރި ކަންތަކާ އިންޓަނެޓްގެ ޚިދުމަތްދޭ ކުންފުނީގެ ވެރިން ވަރަށް ލަދުގަތެވެ. އެހެންވެ ކަޕެސްޓް އުޅޭ ސަރަހައްދަށް ފައިބާ އޮޕްޓިކަލް ކޭބަލް އަޅާނެކަން އެކުންފުނިން މިހާރު ވަނީ އިއުލާނުކޮޮށްފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.