މިއަހަރުގެ ހުރިހާ ދުވަހެއްގައި ވެސް ކައިވެނި ކޮށްދިނުމަށް ނިންމައިފި

ފެމެލީ ކޯޓު: ފޮޓޯ / އަވަސް

މިފެށުނު 2021ވަނަ އަހަރުގެ ހުރިހާ ދުވަހެއްގައި ވެސް ކައިވެނި ކޮށްދިނުމަށް ފެމެލީ ކޯޓުން ނިންމައިފިއެވެ.

މިއަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދިނުމަށް ނިންމި ނަމަވެސް ކޯޓާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ވަކި ވަގުތުތަކެއްގައެވެ. އެގޮތުން ކޯޓުގައި ނަމަ ކައިވެނި ކޮށްދޭނީ ހެނދުނު 8:00 އިން މެންދުރު 13:45 އާ ހަމައަށް ކައިވެނި ކޮށްދޭނެއެވެ. އަދި ހަވީރު 16:00 އިން ރޭގަނޑު 21:30 އާ ހަމައަށް ވެސް ކޯޓުގައި ކައިވެނި ކޮށްދޭނެއެވެ.

ކޯޓުން ބޭރުގައި އާއްމު އުސޫލުން ކައިވެނި ކޮށްދޭނީ ހަވީރު 16:00 އިން ރޭގަނޑު 21:30 އާ ހަމައަށް ކައިވެނި ކޮށްދޭނެއެވެ. ނަމަވެސް މިއަހަރުގެ އޭޕްރީލް މަހުގެ 13ވަނަ ދުވަހުން ފެށިގެން މިއަހަރުގެ މޭ މަހުގެ 19ވަނަ ދުވަހުގެ ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭ ވަގުތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ފެމެލީ ކޯޓުން ބުންޏެވެ.

އެގޮތުން ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ރޭގަނޑު 21:45 އިން ފެށިގެން 22:45 އާ ދެމެދުއެވެ. މީގެއިތުރުން ޖުލައި މަހުގެ 16ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ކައިވެނިކޮށް ދޭނީ ރޭގަނޑު 20:00 އިން ފެށިގެން 21:30 އާ ހަމައަށް ކަމަށްވެސް ފެމެލީ ކޯޓުން ބުންޏެވެ.

ފެމެލީ ކޯޓުން ބުނީ ރަމަޟާން މަހު ކައިވެނި ކޮށްދޭ ވަގުތުތައް އެކޯޓުން ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.