ސީޕީއޭގައި ރައްޔިތުންގެ މަޖިލިސް ބައިވެރިވުމަށް ރުހުން ދީފި

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް

ކޮމަންވެލްތު ޕާލިމަންޓްރީ އެސޯސިއޭޝަން (ސީޕީއޭ)ގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވުމަށް ރުހުން ދީފިއެވެ.

މިގޮތަށް ރުހުން ދިނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 241ވަނަ މާއްދާގައި ބުނެފައިވަނީ ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ގާނޫނުހަދާ މަޖިލިސްތަކާއި އެ މަޖިލިސްތަކުގައި ގާއިމުކުރެވިފައިވާ ފްރެންޑްޝިޕް ގްރޫޕްތަކާ ގުޅުން ގާއިމުކޮށް ދަމަހައްޓަންވާނެ ކަމަށެވެ. މަޖިލީހުން ސީޕީއޭގައި ބައިވެރިވުމާއި މެދު މަޖިލީހުން ގޮތެއް ނިންމާއިރު މިދިޔަ ހޮނިހިރު ދުވަހު ކޮމަންވެލު މެންބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ވަނީ ކަނޑައަޅާފައެވެ.

ސީޕީއޭއަކީ ގުޑް ގަވާނަންސްއާ ޑިމޮކްރަސީ އަދި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ކޮމަންވެލްތު ޖަމިއްޔާގެ ތެރެއިން އުފެދިފައިވާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާ އުފެދިފައިވަނީ 1911ވަނަ އަހަރުއެވެ. މި އެސޯސިއޭޝަންގައި 35 މެންބަރު ގައުމު އޮވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.