ކުޑަ ދެކުދިންނަށް ޖިންސީ ގޯނާކުރި ދޮންބައްޕަ ހައްޔަރުކޮށްފި

ރޭޕްއާއި ދެކޮޅަށް އާންމުކޮށްފައިވަ ޕޯސްޓެއް-

މެދުއުތުރު ރަށެއްގައި ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި އެކުދިންގެ ދޮންބައްޕަ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ މެދު ރާއްޖެތެރޭގެ ރަށެއްގައި 55 އަހަރުގެ ފިރިހެނަކު އޭނާގެ ދެ ދޮން ދަރިންނާއި މެދު ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު ކަމަށެވެ. މި މައްސަލާގައި އަނިޔާ ލިބިފައިވަނީ 18 އަހަރުން ދަށުގެ ދެ ކުއްޖަކަށެވެ.

އަދި މިއަދު މެންދުރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

ނަމަވެސް ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ފުލުހުން ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމުން، ކުޑަކުދިންގެ ވަނަވަރުތައް ރައްކާތެރިކުރުމަށްޓަކައި އެފަދަ މައްސަލަތަކުގައި ހިމެނޭ ކުދިންގެ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *