ޖިންސީ ގޯނާގެ އިތުރު މައްސަލައެއް: މިފަހަރު މަންމަ ފިރިހެން ދަރިފުޅަށް

ރާއްޖޭގެ ދެކުނުގެ ރަށެއްގައި ފިރިހެން ކުއްޖަކަށް އެކުއްޖާގެ މަންމަ ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ 18 އަހަރު ނުވާ ކުޑަ ފިރިހެން ކުއްޖަކަށް އޭނާގެ މަންމަ ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށް ޖެންޑާއިން މައުލޫމާތުދެއެވެ.

އެ އަންހެން މީހާގެ އިތުރު ދެ ކުދިންވެސް ތިބެއެވެ. ޖެންޑާއިން ބުނީ އެ ދެ ކުދިންވެސް ރައްކާތެރި މާހައުލަކަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، މިއީ ފިރިހެން ދަރިފުޅަށް މަންމައެއްގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވެގެން މިފަހުން މައްސަލައެއް ހުށައެޅި ފުރަތަމަ ފަހަރެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.