ސައިކަލު ގަތުމަކީ މިއަދު "ރޯދައަށް ކަދުރު ކިލޯއެއް ގަތުން" ކަހަލަ ކަމެއް: ނަޝީދު

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް ނަޝީދު --

މާލޭގައި ސައިކަލު ގަތުމަކީ "ރޯދައަށް ކަދުރު ކިލޯއެއް ގަތުން" ކަހަލަ ކަމަކަށް ވެފައިވާ މިހާރު ވެފައިވާ ކަމަށް ވިދާޅުވެ ގަނެ ވިއްކާ އުސޫލަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގެ ބަހުސް ފެށުމުގެ ކުރިން ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، މާލެސިޓީއަށް އެހާ ގިނަ އަދަދެއްގެ އެއްގަމު ދަތުރު ފަތުރުކުރާ އުޅަނދު ފަހަރު ބޭނުންވާ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ މާލޭގައި އެއްތަނުން އަނެއް ތަނަށް ދިއުމަށް އެހާ ގިނަ ކާރެއް ނުވަތަ ސައިކަލު ބޭނުންވަނީ ކީއްވެގެން ކަމެއްވެސް އެމަނިކުފާނަށް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. އަދި މާލޭގައި ހިނގާފައި އެއްތަނުން އަނެއް ތަނަށް ނުދެވެންވީ ކީއްވެގެން ކަމެއްވެސް ނުވިސްނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ހިނގާފައި އުޅުމަކީ މާލޭގައި ނުރައްކާތެރި ކަމެއް ކަމަށް ބުނާ އަޑު އަހާ ކަމަށެވެ. ފަހަރުގައި އެއީ ޕޭމަންޓުތަކުން އާއްމުން ހިނގަން ބިރުގަންނަ ސަބަބަކަށް އޮވެދާނެ ކަމަށާއި އެހެންނަމަވެސް އެއީވެސް ގަބޫލުކުރެވޭ ސަބަބެއް ނޫން ކަމަށް އެމަނކުފާނު ވިދާޅުވިއެވެ. އެގޮތުން ހުދު އެމަނިކުފާނަކީވެސް ހިންގަވާފައި އުޅޭ ބޭފުޅެއްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ  އެފަދަ އެއްވެސް ކަމެއް އެމަނިކުފާނަށް ކުރިމަތިވެވަޑައި ނުގަންނަވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ މާލޭގެ މަގުތަކުގެ ކާރޫބާރޫ ބޮޑުވުމުގެ މައްސަލައަށް ހައްލު ގެނެވޭނީ ގިނަބަޔަކު ފައިމަގުގައި ނުވަތަ ބައިސްކަލުގައި އުޅެން ފެށުމުން ކަމަށެވެ.

"އެކަމަކު އަޅުގަނޑަށް ޔަގީން އެތައް ބައެއްގެ ހަނދާނުގައި ހުންނާނެ ކަނޑައެޅިގެން ކަކުލާ ހަމައަށް ޗަކަ، މީގެ ކުރީގައި މާލޭ މަގުމަތީގައި ވެސް އޮތީ. ދެން މިއަދު އެތާ މަތިން ހިނގާނުލެވިގެން މި އުޅެނީ ގާކޮޅެއް ދިއްވެފައި އޮންނާތީ. ދެން އެވެސް ރަނގަޅު. ގާކޮޅެއް ދިވެއްފައި އިންނާކަށް ވެސް ބޭނުމެއް ނުވޭ. އެއްޗެހިވެސް ވެއްޓެނީ މަތިން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މާލޭގެ މަގުތަކުގެ ކާރޫބާރޫ ބޮޑުވުމުގެ މައްސަލައަށް ހައްލު ގެނެވޭނީ ގިނަބަޔަކު ފައިމަގުގައި ނުވަތަ ބައިސްކަލުގައި އުޅެން ފެށުމުން ކަމަށެވެ.

މާލޭގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދެނީ އެ އުޅަނދެއް ބާއްވާނެ ތަނެއް ދެއްކުމުން ކަމަށް ވާއިރު، ގަވާއިދާ އެއްގޮތަށް އަމަލު ކުރާނަމަ، އެތަކެތިމަގުތައް މަތީގައި ހުންނަން ނުޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *