ފޮރިން މިނިސްޓްރީގެ އާ އިމާރާތް މަރާމާތު ކުރުމަށްފަހު ޗައިނާ އިން އެ އިމާރާތް ހަވާލުކޮށްފިއެވެ.
އެ އިމާރާތް ހަވާލުކޮށް މިނިސްޓްރީގެ ތަޅުދަނޑި މިއަދު ވަނީ ހަވާލުކޮށްފައެވެ. ފޮރިން މިނިސްޓްރީގެ ތަޅުދަނޑި ފޮރިން މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްއެވެ. ފޮރިން މިނިސްޓްރީގެ ފަރާތުން ތަޅުދަނޑު އާއި ހަވާލުވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.
ފޮރިން މިނިސްޓްރީގެ މަސައްކަތްތައް ކުރަމުން ގެންދާތީ އެ މިނިސްޓްރީގެ މަސައްކަތް ކުރަމުން ގެންދިޔައީ ހުޅުމާލެ ފެރީޓާމިނަލް ޖެހިގެން ހުންނަ އެމްޓީސީސީ އިމާރާތުގައެވެ.
ޗައިނާގެ އެހީގައި ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމަށް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.