ދުވަސްތަކަކަށް ފަހު ކޮވިޑް ނަންބަރުތައް މައްޗަށް ޖެހިއްޖެ

ބަލި މީހަކު އެމްބިއުލާންސް އަށް އަރުވަނީ: ފޮޓޯ / ހަތާވީސް

ދުވަސްތަކަކަށް ފަހު ރާއްޖެއިން ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދުތައް އަނެއްކާވެސް އިތުރުވެއްޖެއެވެ.

މިފަހުން ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު މީގެކުރި އާއި އަޅާ ބަލާއިރު މަދެވެ. އެގޮތުން އާއްމުކޮށް މިފަހުން ޕޮޒިޓިވް ވަނީ 10 އާއި 25އާ ދެމެދު އަދަދެއްގެ މީހުންނެވެ.

ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދަކީ 47 ކަމަށެވެ. މީގެތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވި 30 މީހުންނާއި މީހުން ދިރިއުޅޭ ރަށް ރަށުން ޕޮޒިޓިވްވި ދެ މީހެކެވެ. މިއީ މިމަހު އެންމެ ގިނަ މީހުން ރާއްޖެއިން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 13,738 އަށް ވަނީ އަރާފައެވެ. އެޗްޕީއޭ އިން ބުނީ ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 13,125 މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ.

ރާއްޖޭގައި ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ މަރުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.