ރޫޓު ފިހާރައިގެ ފައިސާތައް ފޭރެން އުޅުނު މީހުންގެ މައްޗަށް އާއްމުކޮށްފި

ރޫޓު ފިހާރައިގެ ފައިސާތައް ފޭރުމަށް އެހީވި އިތުރު ތިން މީހުން: މި މައްސަލާގައި މީގެކުރިންވެސް ހަތަރު މީހަކު ހައްޔަރުކުރި، އެމީހުން ތިބީ ފުލުހުންގެ ބަންދުގައި ---

ރޫޓު ފިހާރައިގެ ފައިސާތަކެއް ބޭންކް އޮފް ސިލޯން (ބީއޯސީ) އަށް ޖަމާ ކުރަން ދިއުމުން އެ ފައިސާތައް މަގުމަތިން ފޭރެން އުޅުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ފަސް މީހެއްގެ މައްޗަށެވެ. އެއީ ލ. ގަން، ތުނޑި، ކީމިޔާގެ، އަބްދުﷲ ރާޝިދާއި، ގއ. ވިލިނގިލި، ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރާއި، ކ. މާލެ، ދަފްތަރު ނަންބަރު ރސ 3678، ހުސައިން އަބްދުލް މަޖީދާއި، ކ. މާލެ، ވ. ޕިންކްވިލާ، އަހުމަދު އަމީރުގެ އިތުރުން، ރ. ރަސްމާދޫ، އޯކިޑްމާގެ، މުހައްމަދު އަޒްމީނުއެވެ.

މި މީހުންގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލީ ފޭރުމުގެ ކުށުގެ ދައުވާއެވެ. ފަސްވަނަ މީހާގެ މައްޗަށް ދައުވާ އުފުލީ އެ ކުށުގައި ބައިވެރިވި ކަމުގެ ދައުވާއެވެ.

މި ފޭރުން ހިންގާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 11:40 އެހާކަންހާއިރުއެވެ. މި މައްސަލަގައި ހައްޔަރުކުރި މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.