އައްޔަން ކުރި ކޯޓު ނޫން، އެހެން ކޯޓަކަށް މެޖިސްޓްރޭޓަނު ނުކުންނަ މައްސަލައެއް!

ޖުޑީޝަލް ސާވިސް ކޮމިޝަން އަދި ޑީޖޭއޭ ހިންގަމުން އަންނަ އިމާރާތް --

މެޖިސްޓްރޭޓް ކޯޓަކަށް އައްޔަން ކުރި ގާޒީއެއް، އޭނާ އައްޔަން ކުރި ކޯޓު ނޫން އެހެން ކޯޓަކަށް ނުކުންނާތީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އޭނާގެ މައްސަލަ ބަލަން ފަށައިފިއެވެ.

ޖޭއެސްސީން ބުނީ އެ ކޮމިޝަނުން ބަލަމުންދަނީ ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރުގެ މައްސަލަ ކަމަށެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭނާ އައްޔަންކޮށްފައިވާ ކޯޓަށް ގަވާއިދުން ނުނިކުންނަވައި އެހެން މެޖިސްޓްރޭޓް ކޯޓަކަށް ނުކުންނަވާ ކަމަށް ބުނާ މައްސަލަ ތަހުގީގުކުރަމުން އެ ކޮމިޝަންގެ މައްސަލަ ބަލާ ކޮމެޓީން ނިންމާފައިވާ ކަަމަށެވެ.

""އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ނިޝާރުގެ ސުލޫކީ މި މައްސަލަ ބެލުމަށް ތަހުޤިޤު ކޮމެޓީ، 30 ޑިސެމްބަރު 2020ގައި ބޭއްވުނު މި ކޮމިޝަންގެ 101 ވަނަ ޖަލްސާގައި އެކުލަވާލާފައިވެއެވެ.،" ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައިވެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.