ރުގްޔާ ނަމުގައި ޖިންސީ އަނިޔާކުރި މައްސަލާގައި ދައުވާކޮށްފި

ޖިންސީ އަނިޔާއާ ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ/ ހަތާވީސް

ރުގްޔާ ނަމުގައި ތަޅައި އަނިޔާކޮށް، ޖިންސީ ގޯނާ ކުރި މައްސަލާގައި ދެ މީހުންގެ މައްޗަށް ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވީ ރުގްޔާ ކުރުމޭ ކިޔައިގެން ކުރީ ޖިސްމާނީ އަދި ޖިންސީ އަނިޔާ ކަމަށެވެ. ރުހުމާ ނުލައި ގަޔަށް އަތްލައިގެން "ފަރުވާ" ކުރުމަކީ ދީނެއް ވެސް ޤާނޫނެއް ވެސް ދަންނަ ކަމެއް ނޫން ކަމަށެވެ.

ޝަމީމް ވިދާޅުވީ ދައުވާ އުފުލީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުމުގެ ޤާނޫނާއި ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ކަމަށެވެ.

ދައުވާ ލިބޭ މީހުން މިހާރު ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ ޖިންނީންގެ އުނދަގުލުން ސަލާމަތްކުރަން ކަމަށް ބުނެ އަންހެނަކާއި އޭނާގެ ތިން ދަރިންގެ ގައިގައި ތަޅައި އަނިޔާކޮށް، ހަތް އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ. ދައުވާ ލިބޭ އެކަކަކީ ރުގްޔާގެ ނަމުގައި ސިހުރުގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރާ 24 އަހަރުގެ ފިރިހެނަކެވެ. އަދި އަނެކަކީ އަނބިމީހާ އާއި ދޮންދަރިންނަށް އަނިޔާވެރިވުމުގައި ހިތްވަރުދީ ބައިވެރިވި 39 އަހަރުގެ ފިރިހެނެކެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.