ޖަރުމަނުގެ ޝެންގެން ވިސާއަށް ވަގުތީ ކްލިނިކެއް ހުޅުވައިފި

ޖަރމަނީ ޝެންގަން ވިސާ ދޫކުރަން ހުޅުވި ވަގުތީ ކްލިނިކުން ވިސާގެ ހިދުމަތް ދޭނީ މި މަހުގެ 6ވަނަ ދުވަހުގެ ނިޔަލަށް-- ފޮޓޯ/ފޮރިން މިނިސްޓްރީ

ޖަރުމަނީ ޝެންގެން ވިސާ ދޫކުރާ ވަގުތީ ކްލިނިކެއް ފޮރިން މިނިސްޓްރީގައި ހުޅުވައިފިއެވެ.

މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ހުޅުވި އެ މޮބައިލް ބަޔޯމެޓްރިކް ކްލިނިކަކީ އެމްއެމްޕީއާރުސީއާއި ދިވެހި ސަރުކާރުގެ އެހީއާއެކު ރާއްޖޭގައި ހުންނަ ޖަރުމަން އެމްބަސީއިން ހުޅުވި ކްލިނިކެކެވެ.

މިއީ ރާއްޖޭގައި ޝެންގެން ވިސާ އެޕްލިކޭޝަން ހިދުމަތް ދޭ ދެވަނަ ފަހަރެވެ. ފޮރިން މިނިސްޓްރީން ބުނީ މި ކްލިނިކުން ޝެންގެން ވިސާއަށް އެދި 162 މީހުން މިހާރުވެސް ހުށަހަޅާފައިވާ ކަމަށެވެ.

މި ދުވަސްވަރަކީ އަންނަ މާޗް މަހު ޖަރުމަނުގެ ބާލިންގައި ބާއްވާ އައިޓީބީ ފެއާއަށް ދާ ފަރާތްތަކުންވެސް ވިސާއަށް އެދި ހުށަހަޅާ ދުވަސްވަރު ކަމަށްވުމާއެކު މި ކްލިނިކްގެ ސަބަބުން ވިސާ ހޯދުމުގައި ގިނަ ފަރާތްތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ޖަރުމަނަށް ދާން ޝެންގެން ވިސާ ކްލިނިކެއް ވަގުތީ ގޮތުން ހުޅުވިއިރު، އެފަދަ ދާއިމީ ވިސާ ސެންޓަރެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ދެގައުމުގެ ސަރުކާރުން ދަނީ ކުރަމުންނެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.