ކޮރޯނާ ޖެހިގެން ޗައިނާއިން ބޭރުން އިތުރު މީހަކު މަރުވެއްޖެ

ކޮރޯނާ ވައރިަސް -

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްޖެހިގެން ޗައިނާ ފިޔަވައި އެހެން ގައުމަކުން ދެވަނަ މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެގެން މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކޮރޯނާވައިރަސްގެ ޖެހިގެން މީހަކު މަރުވެފައި ވަނީ ހޮންކޮންގް އިންނެވެ.

ކޮރޯނާވައިރަސް ޖެހިގެން ހޮންކޮންގް އިން މަރުވެފައި ވަނީ 39 އަހަރުގެ ފިރިހެނެއް ކެވެ. އޭނާ އަކީ ވޫހާން އަށް ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު ދަތުރު ކޮށްފައިވާ މީހެކެވެ. އޭނާ އެނބުރި ހޮންކޮންގް އަށް ދިޔަ ފަހުން ބަލިވެ، ހޮސްޕިޓަލްގައި ގެންދިޔައީ ފަރުވާ ދެމުންނެވެ.

ޗައިނާގެ އިތުރުން މީގެ ކުރިން ކޮރޯނާވައިރަސް ޖެހިގެން މީހަކު މަރުވީ ފިލިޕީންސުންނެވެ. މި ބަލި ޖެހިގެން ޗައިނާގެ ބޭރުން މަރުވެފައިވަނީ ޗައިނާއަށް ނިސްބަތްވާ، އުމުރުން 44 ފިރިހެނެއް ކަމަށެވެ. މި މީހާއަކީ ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީއށް ނިސްބަތްވާ މީހެކެވެ.

ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން ބުނީ، އޭނާ ޕިލިޕީންސްއަށް އައުމުގެ ކުރިންވެސް ވަނީ ކޮރޯނާއަށް ޕޮޒިޓިވް ވެފައި ކަމަށެވެ.

ފިލިޕީންސްގެ ސިއްހީ އިދާރާތަކުން ބުނީ، ޗައިނާއިން މިފިރިހެން މީހާ ފިލިޕީންސަށް އައިސްފައިވަނީ ތައިލޭންޑު މަގުންނެވެ. އަދި އޭނާއާއެކު 38 އަހަރުގެ ޗައިނާ އަންހެނެއްވެސް ފިލިޕީންސަށް އައިކަމަށާއި، އެދެމީހުން ޓެސްޓުކޮށް ބެލި ބެލުމުން މިދެމީހުންވެސްވަނީ ކޮރޯނާއަށް ޕޮޒިޓިވް ވެފައި ކަމަށެވެ. އަދި އެމީހުންވަނީ މެނީލާގެ ހޮސްޕިޓަލްގައި ކަރަންޓީނުކުރެވިފައެވެ. އެހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް މަރުވި މީހާގެ ފުއްޕާމޭގައި ފެން އުފެދި ނިއުމޯނިޔާ ޖެހުނު ކަމުގައިވެސް ފިލިޕީންސް ސަރުކާރުން ބުނެފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.