ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން، ގައުމީ ބޭންކު، ބީއެމްއެލުން އާންމުކުރި ޕޯސްޓަރެއްގައި ގައުމީ ދިދަ ބޭނުންކުރި ގޮތާ ގުޅިގެން ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ބީއެމްއެލުން މިއަދު އާންމުކުރި ޕޯސްޓަރެއްގައި ގައުމީ ދިދައިގެން ހަނދުފަޅި އިނީ އެކޮޅުކޮޅުންނެވެ. އިސްލާމް ދީނުގެ މަތިވެރިކަމާއި އެދީނުގެ ހިދާޔަތުގައި ދިވެހިން ތިބިކަން ރަމްޒުކޮށްދޭ ހަނދުފަޅި އެކޮޅުކޮޅުން އިނުމުން، ސޯޝަލް މީޑިއާގައި ބީއެމްއެލަށް ފާޑުކިޔާ ބައެއް މީހުން ބުނަމުންދަނީ އެއީ “ލަތުވެތިކަމެއް” ކަމަށެވެ.
ކުރީގެ ނޫސްވެރިޔާ، ނާއިލް ރަޝީދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ “އަހަރެންގެ ބޭންކަށް އަހަރެންގެ ގައުމުގެ ދިދަ ނޭންގުނީމަ ވަރަށް ލަދުވެތި”ވާ ކަމަށެވެ.
#AharengeBank ah aharenge gaumuge dhidha neynguneema varah ladhuvethi.@bankofmaldives 😣 https://t.co/QVUVi6uNuP
— #Koavareh ބލޑ (@NaailNasheed) December 26, 2020
މަޝްހޫރު ގްރެފިކްސް އާޓިސްޓް އަބްދުﷲ ޝަފީއު (އަބޯ) ވެސް ބުނީ ދިވެހިންގެ ބޭންކަށް ދިވެހި ދިދަ ކުރަހަން ނޭނގުމުން ހިތާމަކުރާ ކަމަށެވެ.
When will y’all learn how to draw our national flag the RIGHT way. And yes, there’s a correct way to do it. It’s just not this.
Really disappointed “Dhivehinge” Bank got it wrong. https://t.co/SlDvE5vP5D
— abo. (@aboshafyu) December 26, 2020
ހުސައިން ސާލިމް ކިޔާ މީހަކު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އަހަރުމެންގެ ބޭންކަށް އަހަރުމެންގެ ދިދަ ވެސް ކުރަހަން ނޭނގޭ ކަމަށެވެ.
Aharemenge bank can't even draw aharemenge flag right? https://t.co/wvERj5M5kr
— Hussen Salim (@hucaen) December 26, 2020
ސަރުކާރުގެ ވަޒީފާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށް އަދި ބޮޑެތި ކުންފުނިތަކުގައި ކުރިން މަސައްކަތްކޮށްފައިވާ އިސްމާއިލް މުޚްތަބާ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އިސް މަގާމުތަކަށް ބޭރު މީހުންލުމުން، މިކަހަލަ ކަންކަން ހިނގަމުންދާނެ ކަމަށެވެ.
When u hire all Foreigners to topJobs, errors like these wil keep happening, @bankofmaldives @PensionOffice being fully local, i dont see any Advantage in Hiring a Foreign CEO.@MACLmedia maybe yes- but these r jst my opinion.
(may differ frm other pros to criticize on d mater) https://t.co/tkR56f3kQU— Ismail Mukhthaba (@mukhthaba) December 26, 2020
ޤައުމީ ބޭންކުން، ޤައުމީ ދިދަ ބޭނުންކުރި ގޮތާ ގުޅިގެން، ފާޑުކިޔުން އަމާޒުވެފައި ވަނީ އެ ބޭންކުގެ ޚިދުމަތްތަކާ ގުޅޭ ގޮތުން ބައެއް މީހުން ހިތްހަމަނުޖެހި ފާޑުކިޔަމުންދަނިކޮށެވެ.
އެގޮތުން ކަސްޓަމަރުންނަށް ނޭނގި އެކައުންޓުގައި ހުންނަ ފައިސާ “ގެއްލު”މާއި ފިހާރަތަކުގައި ހުންނަ ބީއެމްއެލްގެ ޕީއޯއެސް މެޝިންތައް ރަނގަަޅަށް މަސައްކަތް ނުކުރުމާއި އޭޓީއެމްތަކުގެ ހިދުމަަތްތަކަށް ބުރޫ އެރުން ހިމެނެއެވެ. އަދި ބީއެމްއެލް އެޕްލިކޭޝަނަށް “އިރުއިރުކޮޅާ” ދިމާވާ މައްސަލަތަކާ ގުޅިގެން، ބައެއް މީހުންގެ ކަންބޮޑުވުން ސޯޝަލް މީޑިއާއިން އާންމުކޮށް ފެނެއެވެ.