ރުގުޔާގެ ނަމުގައި އަނިޔާކުރި ދެމީހަކަށް ދައުވާކުރަން ފޮނުވައިފި

ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިން --

ރުގުޔާގެ ނަމުގައި އަނިޔާކުރި ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

މި ހާދިސާ އަކީ އުތުރުގެ ރަށެއްގައި ހިނގައިދިޔަ ހާދިސާއެކެވެ. ރުގުޔާ ކުރުމުގެ ނަމުގައި އަންހެނަކާއި އެމީހާގެ ދެ ދަރިންނަށް ވަނީ އަނިޔާކޮށްފައެވެ. އެގޮތުން ޖިންސީ އަނިޔާ ވެސް ކޮށްފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އަނިޔާ ލިބުނު އަންހެން މީހާގެ ފިރިމީހާ ވެސް ހިމެނެއެވެ. އަދި ރުގުޔާ ކުރާ ކަމަށް ބުނާ މީހާ ވެސް މި މައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކުރިއެވެ.

ފުލުހުން ބުނީ މި ދެ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ އިއްޔެ ކަމަށެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.