ފަތުރުވެރިކަމަށް ހަތަރު ރަށް ދޫކުރަނީ

ރާއްޖޭގެ ރިސޯޓެއް --

ރާއްޖޭގެ ހަތަރު އަތޮޅެއްގެ ތެރެއިން ކޮންމެ އަތޮޅަކުން ރަށެއް ފަތުރުވެރިކަން ތަރައްގީ ކުރުމަށް ދޫކުރަން ޓޫރިޒަމް މިނިސްޓްރީ އިން ނިންމައިފިއެވެ.

އެ މިނިސްޓްރީ އިން ބުނީ ފަތުރުވެރިކަމަށް ދޫކުރަން ހަމަޖެހިފައި ވަނީ ކޮން އަތޮޅުތަކެއް ކަމާއި އަދި ދޫކުރާ ރަށްތައް އެ މިނިސްޓްރީ އިން އަންނަ އާދީއްތަ ދުވަހު އިއުލާން ކުރާނެ ކަމަށެވެ.

މީގެކުރިން ވެސް ސަރުކާރުން ވަނީ 29 ރަށެއް ފަތުރުވެރިކަން ތަރައްގީ ކުރުމަށް ދޫކޮށްފައެވެ. އެ ރަށްތައް ވެސް ދޫކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭރު އެ ރަށްތައް ދޫކޮށްފައި ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުގައި ހުންނެވިއިރުއެވެ.

ސަރުކާރުން މީގެކުރިން ބުނީ އެ 29 ރަށްތައް ތަރައްގީކޮށް ނިމުމުން 13،720 އެނދު އުފެއްދޭނެ ކަމަށެވެ. އަދި 18،000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެން ދާނެ ކަމަށް ވެސް އޭރު ސަރުކާރުން ބުނެފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.