ހޮނިހިރު ދުވަހުގެ ރޭ “ވިސްނާ” ޖަލްސާއިން ސަޕްރައިޒެއް ފެންނާނެ: އިދިކޮޅު

ޕީޕީއެމްގެ ޖަލްސާގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް ޓުވީޓާ

“ވިސްނާ” މި ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން އަންނަ ހޮނިހިރު ދުވަހު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ އެ ޖަލްސާ ބޭއްވުމުގެ ހުއްދަ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އެ ކޯލިޝަނަށް މިހާރު ދީފައިވާ ކަމަށެވެ.

މިއަދު އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ވަނީ ފުލުހުންގެ އިދާރާ އަށް ވެސް ހާޒިރުކޮށްފައެވެ. އެ ބޭފުޅުން ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރީ ހޮނިހިރު ދުވަހުގެ ޖަލްސާއާ ގުޅޭ ގޮތުން ކަމަށްވެއެވެ.

އެކަމާއި ގުޅިގެން ޝުޖާއު ވިދާޅުވީ ޖަލްސާ ބޭއްވުމުގެ ހުއްދަ ސަރުކާރުގެ އިދާރާތަކުން ދޭން ނިންމުމާއި ގުޅިގެން ފުލުހުންގެ ފަރާތުން އެ އެއްބާރުލުން ލިބިގެން ދާނެ ކަމަށް ފުލުހުން ހާމަކޮށްފައިވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ ޖަލްސާ އަށް ދާ އެ ކޯލިޝަންގެ ސަޕޯޓަރުން ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަނބެމަށާއި އަދި ޖަލްސާގައި ތިބޭއިރު ވެސް ދޭތެރެ ދޭތެރެއިން އަތް ސެނެޓައިޒް ކުރުމަށް އެދޭ ކަމަށެވެ.

މި ޖަލްސާގައި ބައިވެރިވުމުގެ ހާއްސަ ދައުވަތު ކާޑެއް ރާއްޖޭގެ ގިނަ މަސްވެރިންނާއި މަސްވެރި އާއިލާތަކަށް ދީފައިވާނެ ކަމަށް ވިދާޅުވެ ޝުޖާއު ވިދާޅުވީ އޭގެއިތުރުން ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުންނަށް ވެސް ޖަލްސާގައި ބައިވެރިވުމުގެ ހާއްސަ ދައުވަތެއް ދީފައިވާނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.