ފުރަތަމަ ފަހަރަށް ޕެންޝަން އޮފީހުގެ ސީއީއޯ އަކަށް ބިދޭސީއެއް

ޕެންޝަން އޮފީހުގެ ސީއީއޯ --

ފުރަތަމަ ފަހަރަށް ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ބިދޭސީއަކު ހަމަޖައްސައިފިއެވެ.

ޕެންޝަން އޮފީހުން ބުނީ އެ އޮފީހުގެ އާ ސީއީއޯ އަކީ އިނގިރޭސިވިލާތުގެ ބޭފުޅެއް ކަމަށެވެ. އަލަށް ހަމަޖެއްސި ސީއީއޯ ޖޯން ގްރިންޑަލް އަކީ ދާއިރާގެ 25 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެއް ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

އޭނާ ވަނީ މޯލްޓާގެ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ވަގުތީ ޗީފް އެކްޗުއަރީގެ މަގާމާއި ލޮއިޑްސް ބޭންކިން ގްރޫޕްގެ ސީނިއަ އެކްޗުއަރީގެ މަގާމުގެ އިތުރުން މޯލްޓާގެ ކޮމްޕެރާ ގްރޫޕުގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމު ފުރުއްވާފައެވެ.

މީގެކުރިން ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމު ފުރުއްވީ މުހައްމަދު ހުސެއިން މަނިކެވެ. މަނިކު މިހާރު ވަނީ މަގާމުން ރިޓަޔާ ކުރައްވާފައެވެ. މަނިކު ރިޓަޔާ ކުރެއްވުމުން ވަގުތީ ސީއީއޯ އަކަށް ހުންނެވީ ފާތިމަތު ސުޖާތާއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.