ސީލައިފް އަށް 12 މިލިއަން ޑޮލަރު ނަގައިދޭން ދައުލަތުގެ މައްޗަށް އަމުރެއް ނުނެރެދިން

ސިވިލް ކޯޓު ހިންގަމުން އަންނަ ޖަސްޓިސް ބިލްޑިން --- ފޮޓޯ / ސަން

ދިވެހި ސަރުކާރުން ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ސެޓްލްމަންޓުގެ ގޮތުގައި ދިނުމަށް އެއްބަސްވި ފައިސާ ނަގައިދޭން ދައުލަތުގެ މައްޗަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

ދައުލަތުން ދިނުމަށް އެއްބަސްވި 12 މިލިއަން ޑޮލަރު ނަގައި ދިނުމަށް އެދި ސިވިލް ކޯޓަށް ސީލައިފްގެ ފަރާތުން މައްސަލައެއް ހުށަހެޅީ 2018ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހުއެވެ.

ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ އެ އަދަދަކީ ސީލައިފް އިން ކޮށްފައިވާ ހަރަދުތަކާއި އަޅާ ބަލާއިރު އެކަށީގެންވާ ބޮޑު އަދަދެއް ކަމަށެވެ. ސީލައިފް އިން ވަނީ އެ އަދަދަކީ އެކަށީގެންވާ ބޮޑު އަދަދެއް ނޫން ކަމަށް ބުނެފައެވެ.

ސީލައިފް އިން ބުނެފައި ވަނީ އެކުންފުނިން ކުރި ހަރަދުގެ ޖުމްލަ އަދަދު 44 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އެހެންކަމުން 12 މިލިއަން ޑޮލަރަކީ އެކަށީގެންވާ ބޮޑު އަދަދެއް ކަމަށް ނުދެކޭ ކަމަށް ސީލައިފް އިން ބުނެއެވެ.

ދައުލަތަށް ރައްދު ދީ ސީލައިފް އިން ބުނީ 12 މިލިއަން ޑޮލަރަކީ އެކަށީގެންވާ ބޮޑު އަދަދެއް ކަމަށް ދައުލަތުން ބުނުމަކީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށެވެ.

ސެޓްލްމަންޓު އެގްރީމަންޓުގައި ސީލައިފް އިން ކުރި ހަރަދު 3.4 މިލިއަން ހަރަދުކޮށްފައިވާ ކަމަށް އޮތް ނަމަވެސް އެ ކުންފުނިން ހަރަދުކުރީ 1.1 މިލިއަންކަން އެސެޓް ރިކަވަރީ ކޮމިޝަނަށް ހައުސިން މިނިސްޓްރީ އިން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށް ދައުލަތުން ބުނެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.