ފީއެއް ނަގައިގެން ބޭނުންކުރެވޭ ގޮތަށް ހުޅުމާލެ ސްވިމިންގ ޕޫލު އާންމުންނަށް ހުޅުވާލައިފި

ހުޅުމާލެ ސްވިމިން ޕޫލު: އާންމުންނަށާއި ބިދޭސީންނަށް ވަނީ ހުޅުވާލާފައި

ފީއެއް ނަގައިގެން ބޭނުންކުރެވޭ ގޮތަށް، ހުޅުމާލެ ސްވިމިން ޕޫލު އާންމުންނަށް ހުޅުވާލައިފިއެވެ.

ހުޅުމާލެ ސްވިމިންގ ޕޫލު ހިންގަނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިންނެވެ. އެ އެސޯސިއޭޝަނުން ބުނީ އާންމުންނަށް އެތަން ބޭނުންކުރެވޭނީ މެންބަރޝިޕް އުޞޫލުން ކަމަށެވެ. ސްވިމިންގ ޕޫލުގެ މެންބަރޝިޕް ދޫކުރާނީ ފީއެއް ނަގައިގެން ކަމަށާއި ދިވެހިންނަށާއި ބޭރު މީހުންނަށް ވެސް ޕޫލުގެ މެންބަރޝިޕް ދޫކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

ސުވިމިން އެސޯސިއޭޝަނުން ބުނީ ދިވެއްސަކު ދުވާލަކު އެއް ގަޑިއިރަށް ސްވިމިން ޕޫލު ބޭނުންކުރާނަމަ، އެ މީހެއްގެ އަތުން ނަގާނީ 150 ރުފިޔާ ކަމަށެވެ. އަދި މަހަކަށް އެއްފަހަރާ ދައްކާނަމަ، ދިވެއްސެއްގެ އަތުން ނަގާނީ 1500 ރުފިޔާ ކަމަށެވެ. އަދި ބޭރު މީހެއްގެ އަތުން ދުވާލަކަށް ނަގާނީ 300 ރުފިޔާ ކަމަށާއި މަހަކަށް ނަގާނީ 3،000 ރުފިޔާ ކަމަށެވެ.

ޕޫލު ބުކްކުރުމާއި، މެންބަރޝިޕްފީ ދެއްކުމަށް ގުޅުއްވާނީ 7800096 އަށް ކަމަށް ސްވިމިންގ އެސޯސިއޭޝަނުން ބުންޏެވެ.

ހުޅުމާލެ ސްޕޯޓްސް ކޮންޕްލެކްސްއަށް ރައީސް ސޯލިހު ކުރެއްވި ޒިޔާރަތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ހުޅުމާލޭގެ ސްޕޯޓްސް ކޮމްޕްލެކްސްގައި އަލަށް ހެދި އިންޑޯ ސްވިމިން ޓްރެކް ބޭނުންކުރަން ފެށަށާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ސުވިމިން އެސޯސިއޭޝަނުން ބުނީ އާންމުންނަށް ޕޫލު ބޭނުންކުރުމުގެ ފުރުޞަތު ދޭނީ ފެތުމުގެ ޤައުމީ ސްކޮޑްތަކުގެ ފެތުންތެރިންނާއި، ސްވިމިންގ އެސޯސިއޭޝަނުގެ މެންބަރު ކުލަބުތަކުގެ ތަމްރީނުތަކަށް ބޭނުންކުރާ ވަގުތުތައް ފިޔަވައި އިތުރު ވަގުތުތަކުގައި ކަމަށެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.