ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް/ ފޮޓޯ: ސަން

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަށް ފޮނުވައިފިއެވެ.

އޭސީސީއިން ބުނީ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދައުވާ ކުރަން ފޮނުވާފައިވަނީ، އެމްއެންޑީއެފްގެ ކޯސްޓް ގާޑް ބިލްޑިންގައި ޝިޔާމްގެ ބައްޕަ ދިރިއުޅުއްވި މައްސަލާގައެވެ. ޝިޔާމްގެ މައްޗަށް ކުރަން އޭސީސީއިން އެދިފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ ދަށުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

އޭސީސީިއިން ބުނީ، ވީއައިޕީ ފެސިލިޓީގައި ޝިޔާމްގެ ބައްޕަ އުޅުއްވީ 18 ޖުލައި 2017 އިން 11 ޑިސެންބަރު 2018 ގެ ނިޔަލަށެވެ. އެތަނުގައި މީހުން ބޭތިއްބުމުގައި އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް ނެތްނަމަވެސް، އެތަނަކީ އާންމުންނަށް ދިރިނޫޅެވޭނެ ތަނެއް ކަމަށް އޭސީސީއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.