ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވީ 23 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންނަކީ 2،404 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހުން ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،584 އަށް އަރާފައެވެ.
މިހާތަނަށް މިބަލިން 12،960 މީހުން ވަނީ ރަނގަޅުވެފައެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 41 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިހާތަނަށް މިބަލީގައި 41 މީހަކު ވަނީ މަރުވެފައެވެ.