ސީޕީއޭގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވަނީ

ކޮމަންވެލްތު ޕާލިމަންޓްރީ އެސޯސިއޭޝަން (ސީޕީއޭ)ގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވާން ނިންމައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތްތައް ފެށުމަށް މާދަމާގެ މަޖިލިސް ޖަލްސާގެ އެޖެންޑާ ވަނީ މަޖިލިސް އިދާރާއިން އާއްމުކޮށްފައެވެ. އެޖެންޑާގައިވާ ގޮތުގައި ކޮމަންވެލްތް ޕާލިމަންޓަރީ އެސޯސިއޭޝަންގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވުމާ ގުޅޭ މައްސަލަ މަޖިލީހުގެ ރައީސްގެ މޭޒުން މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 241ވަނަ މާއްދާގައި ބުނެފައިވަނީ ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ގާނޫނުހަދާ މަޖިލިސްތަކާއި އެ މަޖިލިސްތަކުގައި ގާއިމުކުރެވިފައިވާ ފްރެންޑްޝިޕް ގްރޫޕްތަކާ ގުޅުން ގާއިމުކޮށް ދަމަހައްޓަންވާނެ ކަމަށެވެ. މަޖިލީހުން ސީޕީއޭގައި ބައިވެރިވުމާއި މެދު މަޖިލީހުން ގޮތެއް ނިންމާއިރު މިދިޔަ ހޮނިހިރު ދުވަހު ކޮމަންވެލު މެންބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ވަނީ ކަނޑައަޅާފައެވެ.

ސީޕީއޭއަކީ ގުޑް ގަވާނަންސްއާ ޑިމޮކްރަސީ އަދި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ކޮމަންވެލްތު ޖަމިއްޔާގެ ތެރެއިން އުފެދިފައިވާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާ އުފެދިފައިވަނީ 1911ވަނަ އަހަރުއެވެ. މި އެސޯސިއޭޝަންގައި 35 މެންބަރު ގައުމު އޮވެއެވެ.

Leave a Reply

Your email address will not be published.