ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް ވިއްސާރަ ކުރާނެ

މޫސުން ގޯސްވެފައިވާ ދުވަހަކު ފުލުހުންގެ ލޯންޗެއް ކަނޑު ދަތުރުކޮށްފައި/ ފޮޓޯ- ޕޮލިސް

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

މެޓް އިން ބުނީ މިއަދު ހެނދުނު 8:00 އިން ފެށިގެން މެންދުރު 14:00 އާއި ހަމަ އަށް ހއ. އަތޮޅުން ދ. އަތޮޅުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުތަކަށް އެ އިދާރާއިން ވަނީ ވައިޓް އެލާޓު ނެރެފައެވެ. މެޓް އިން ބުނީ އެ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކިު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓް އިން ބުނީ މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުން އަންނަނީ ދެ މޫސުން (ހުޅަނގު އަދި އިރުވައި) ބެދޭތީ ކަމަށެވެ. އެހެންކަމުން މޫސުން ގޯސްވާ ވަގުތުތަކުގައި ސަމާލުވުމަށް މެޓް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސް ކުރެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.