ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް19އަށް ޓެސްޓު ކުރި 2،600އަށް ވުރެ ގިނަ މީހުންގެ ތެރެއިން މިއަދު ޕޮޒިޓިވްވީ އަށް މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00އަށް ޓެސްޓުކޮށްފައި ވަނީ 2،613 ސާންޕަލެވެ. އޭގެ ތެރެއިން ކޮވިޑަށް މިއަދު ޕޮޒިޓިވްވި 8 މީހުންގެ 4 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. ރިސޯޓުތަކުން ތިން މީހަކު ޕޮޒިޓިވްވެފައިވާއިރު، މީހުން ދިރިއުޅޭ ރަށަކުން ވެސް އެކަކު ޕޮޒިޓިވްވެފައިވެއެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑަށް ނެގި ސާންޕަލްތަކުގެ އަދަދު ވަނީ 291،924އަށް އަރާފައެވެ. މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 13،501އަށް އަރާފައެވެ.
ކޮވިޑް19ގެ ކޭސްތައް މަދުވަމުންދާތީ، އާންމު ސިއްހަތުގެ ރައްކާތެރިކަމަށްޓަކާ އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އެޗްޕީއޭއިން ދަނީ ލުއި ދެމުންނެވެ. އެގޮތުން ކާފިއު އުވާލައި، ކަރަންޓީނުގެ މުއްދަތު ކުރުކޮށް، އެއް ރަށުން އަނެއް ރަށަށް ދެވޭ އުސޫލުތަލުތަކަށް ވަނީ ލުއި ގެނެސްފައެވެ.