ހުޅުމާލެއަށް ޖެލީފިޝް ލައްގާތީ ސަމާލުވާން އެދެފި

އެޗްޑީސީން ނެރުނު ސަމާލު: ޖެލީފިޝް ލައްގަމުންދަނީ ހުޅުމާލެ އިރުމަތީފަރާތު ގޮނޑުދޮށަށް.

ހުޅުމާލެ ގޮނޑޮދޮށަށް ޖެލީފިޝް ލައްގާތީ، މޫދަށް އެރޭ ފަރާތްތަކާއި ގޮނޑުދޮށަށް ދާ ފަރާތްތަކުން ސަމާލުވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިލްތިމާސްކޮށްފިއެވެ.

މޫދަށް އެރި އުޅުމުގެ ތެރޭގައި ޖެލީފިޝްއެއްގައި ޖެހިއްޖެނަމަ، އެލާޖިކްވުމުގެ ފުރުސަތު އޮންނާނެއެވެ. އާންމުކޮށް އެލާޖިކްވާ މީހެއްނަމަ، ހަށިގަނޑުގައި ޖެލީފިޝް ޖެހިއްޖެނަމަ، ނުރައްކާ ބޮޑެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ގޮނޑުދޮށަށް މި ދުވަސްވަރު، ލައްގަނީ ޗެލީފިޝްގެ ބާވަތެއް ކަމަށްވާ “ބުލޫ ބަޓަން ޖެލީފިޝް” ކަމަށެވެ. ނޫކުލައިގައި ހުންނަ އެ ޖެލީފިޝް، މި ދުވަސްވަރު ހުޅުމާލެ ގޮނޑުދޮށުން ވަރަށް ގިނައިން ފެނެއެވެ.

 

ހުޅުމާލެއަށް ޖެލީފިޝް ލައްގަން ފަށާފައި ވަނީ ހުޅުމާލެ ގޮނޑުދޮށުގައި ރެދަން ވެސް ލާފައިވަނިކޮށެވެ. ހުޅުމާލެ ގޮނޑުދޮށުގައި ލާފައިވާ ރެދަން ކޮންމެ ރެއަކު، އިރާކޮޅު ވަރަށް ރީއްޗަށް ފެނެއެވެ. ރެދަން ބެލުމަށް ގިނަ ބަޔަކު މި ދުވަސްވަރު، ހުޅުމާލެ ގޮނޑުދޮށަށް ޖަމާވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.