ޕޮލިސް އެކަޑަމީ އަކީ މިލިޓަރީ ތަނެއް ނޫން: ސީޕީ

ފުލުހުންގެ އެކަޑަމީގެ މަސައްކަތް ކުރިޔަށްދާ ގޮތް ސީޕީ އަދި ފުލުހުންނާއި ހޯމް މިނިސްޓްރީގެ އިސްވެރިން ބައްލަވާ ލައްވަނީ ---

އައްޑޫ ސިޓީގައި ގާއިމް ކުރަމުން އަންނަ ޕޮލިސް އެކެޑަމީ އަކީ މިލިޓަރީ ތަނެއް ނޫންކަން އެތަން ބަލާލި ކޮންމެ މީހަކަށް ވެސް އެނގިގެން ދާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސީޕީ ވަނީ ޕޮލިސް އެކެޑަމީ އަށް ހަދަމުންދާ ސަރަހައްދަށް ވަޑައިގެންފައެވެ. ސީޕީ ވަނީ އެތަނުގެ ތެރެއަށް މީޑިއާ ވެސް ވައްދާފައެވެ. އަދި އެތަނުގައި އިމާރާތް ކުރެވެމުންދާ ތަންތަން ނޫސްވެރިންނަށް ވަނީ ދައްކާލައިފައެވެ.

ސީޕީ ވިދާޅުވީ އެތަނަށް ބަލާލުމުން ވެސް އެތަނަކީ މިލިޓަރީ ތަނެއް ނޫންކަން އެނގޭނެ ކަމަށެވެ. އެތަން ވާނީ ދިވެހި ފުލުހުންގެ ތަނަކަށް ކަމަށް ސީޕީގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"މިތަނުގެ ބެލެނިވެރިކަން ސަރުކާރުން އޮތީ ދިވެހި ފުލުހުންނާ ހަވާލުކޮށްފައި. މިތަން ބޭނުންކުރެވިގެން ދާނީ ފުލުހުންނާއި ރާއްޖޭގެ އެހެން އެންފޯސްމަންޓް އިދާރާތަކުގެ ޓްރޭނިންތަކަށް ބޭނުން ހިފާނެ ތަނަކަށް،" ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ ވަނީ އެތަނުގެ ނަމަށް ވެސް ބަދަލު ގެންނާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ "އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް" ގެ ނަން އެތަނަށް މިހާރު ކީ ނަމަވެސް އެތަނުގެ ނަން "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" އަށް ބަދަލު ކުރާނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.