ލަންކާ މުސްލިމުންގެ ހަށިތައް ވަޅުލަން ރާއްޖެ ނުގެންނަން ނިންމައިފި

ލަންކާއިން ކޮވިޑް ޖެހިގެން މި މަހު މަރުވި މީހެއްގެ ސަންދޯއް ބަޔަކު އުފުލަނީ-- ފޮޓޯ/ އޭއެފްޕީ

ކޮވިޑުގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ލަންކާ ސަރުކާރުން ގެންގުޅުނު ވިސްނުން ދޫކޮށްލައިފިއެވެ.

ކޮވިޑް19 ޖެހިގެން މަރުވާ މީހުން ލަންކާގައި އަންދަމުންދާތީ، އެކަމުގެ ކަންބޮޑުވުން މުސްލިމުން ފާޅުކުރަމުންދަނިކޮށް، ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސް ވަނީ ރައީސް ސޯލިހަށް ސިޓީއެއް ފޮނުވާފައެވެ. ކޮވިޑުގައި ލަންކާއިން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް އެދި ގޮތަބަޔަ ފޮނުވި ސީޓީއާ ގުޅިގެން، ސަރުކާރުގެ އިދާރާތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ވެސް ވަނީ ކުރިން ބުނެފައެވެ.

މި ވާހަކަތައް މީޑިއާއަށް ފެންމަތިވެ، ލަންކާ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި ލަންކާ ސަރުކާރުގެ ކެބިނެޓް ތަރުޖަމާނު ކެހެލިޔަ ރަމްބުކްވެއްލާ ވިދާޅުވީ ލަންކާ މުސްލިމުންގެ ހަށިތައް ރާއްޖެއަށް ފޮނުވުމުގެ ވިސްނުން ދޫކޮށް، އެކަން ކުރިއަށް ގެންދިއުން ހުއްޓާލާފައިވާ ކަަމަށެވެ.

ކޮވިޑުގައި މަރުވާ މީހުންގެ ހަށިތައް ލަންކާގައި އަންދާ މައްސަލާގައި އެ ގައުމުގެ މުސްލިމުން ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ލަންކާއިން ބުނަމުން ގެންދަނީ ހަށިތައް އަންދަނީ ވައިރަހުގެ އަސަރު ފެން ފަށަލަކަށް ކޮށްފާނެތީ ކަމަށެވެ.

ތަޖުރިބާކާރުން ބުނަމުންދަނީ ވައިރަހަކީ ދިރުން ހުންނަ އެއްޗެހީގައި ހުންނަ އެއްޗެއް ކަމަށެވެ. ކޮވިޑް ޖެހޭ މީހުން މަރުވުމާއެކު، ވައިރަސް ވެސް ނެތިދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.