ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެއްޖެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން މެޓް އިން ވަނީ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓުވެސް ނެރެފައެވެ.
ވައިޓު އެލާޓު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން ވ. އަތޮޅުގެ ރަށްތަކަށެވެ. އެލާޓު ނެރެފައި ވަނީ މިއަދު ހެނދުނު 13:00އިން ފެށިގެން ހަވީރު 17:00 އަށެވެ.
މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށް މެޓް އިން ބުނެއެވެ.