ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެއްޖެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން މެޓް އިން ވަނީ ބައެއް ސަރަހައްދުތަކަށް ވައިޓު އެލާޓުވެސް ނެރެފައެވެ.
Alert White for heavy rain, thunderstorms and gusts of 40 mph. pic.twitter.com/bEMc58t4w6
— Maldives Meteorology (@MetMaldives) December 20, 2020
ވައިޓު އެލާޓު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށެވެ. އެލާޓު ނެރެފައި ވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން ހަވީރު 16:00 އަށެވެ.
މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށް މެޓް އިން ބުނެއެވެ.