ކުޅުދުއްފުށި ސިޓީން އައިޑީކާޑު ހެއްދުމުގެ ހިދުމަތް ދޭން ފަށައިފި

ރާއްޖޭގެ އައިޑީކާޑު ހުންނަ ގޮތުގެ ސާމްޕަލެއް --

ކުޅުދުއްފުށި ސިޓީ އިން ދިވެހި ރައްޔިތެއްކަން އަންގައި ދޭ ކާޑު ހެއްދުމުގެ ހިދުމަތް ދޭން ފަށައިފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ މިއަދުން ފެށިގެން އައިޑީކާޑު ހެއްދުމުގެ ހިދުމަތް އެ ސިޓީ އިން ލިބިގެން ދާނެ ކަމަށެވެ. އެ ހިދުމަތް ލިބިގެން ދާނީ ކުޅުދުއްފުށި ސިޓީ ކައުންސިލުގެ އިދާރާ އިން ކަމަށް އެ ސިޓީގެ ކައުސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ އައިޑީ ކާޑު ހެއްދުމުގެ ހިދުމަތް ދޭނީ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 08:15 އިން 11:00 އަށް ކަމަށެވެ. އަދި ބުނީ އައިޑީ ކާޑު ދޫކުރަން ހަމަޖެހިފައި ވަނީ ރަސްމީ ކޮންމެ ދުވަހެއްގެ ވެސް 11:00 އިން 12:00 އަށް ކަމަށެވެ.

މާލެ ސަރަހައްދު ފިޔަވާ އާބާދީ ބޮޑެތި ސަރަހައްދުތަކުން އައިޑާ ކާޑު ހެއްދުމުގެ ފުރުސަތު ޑީއެންއާރް އިން ވަނީ ތަނަވަސް ކޮށްދީފައެވެ. އެކަމުގެ ސަބަބުން އައިޑީ ކާޑު ހެއްދުމަށް އާއްމުން މާލެ އަންނަން ޖެހޭ އައުން ވަނީ ނިމުމަކަށް އައިސްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.