ބިޒްނަސް އަދި ސްޕެޝަލް ވިސާގައި ތިބި ބިދޭސީންގެ ވިސާ ވޯކް ވިސާ އަށް

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން/ ފޮޓޯ: އިމިގްރޭޝަން

ބިޒްނަސް އަދި ސްޕެޝަލް ވިސާ ވޯކް ވިސާ އަށް ބަދަލު ކުރަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްް އިމިގްރޭޝަން އިން ބުނެފިއެވެ.

އިމިގްރޭޝަން އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް19 ގެ ސަބަބުން، ގައުމުތަކުގެ ބޯޑަރު ބައިނަލްއަގުވާމީ ދަތުރުފަތުރަށް ހުޅުވާފައި ނުވުމުގެ ސަބަބުން، ރާއްޖެއިން ފުރައިގެން ނުދެވިފައިވާ ފަރާތްތަކުގެ ތެރެއިން، އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ދަށުން ވޯކް ވިސާ ދޫކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ވޯކް ވިސާ އަށް އެދި ހުށަހަޅާ ފަރާތަކީ މުއްދަތު ހަމަނުވާ ވިސާ އެއްގައި ރާއްޖޭގައި އުޅެމުންގެންދާ ފަރާތަކަށް ވާން ޖެހޭނެ ކަމަށް އިމިގްރޭޝަން އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

ވޯކް ވިސާ އަށް ހުށަހެޅޭނެ ފަރާތްތައް:

– 1 ޑިސެންބަރު 2020 ގެ ކުރިން، ބިޒްނަސް ވިސާ ގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތެއް ކަމުގައިވުން.

– ސްޕެޝަލް ވިސާ ލިބިގެން ރާއްޖޭގައި އުޅެމުންގެންދާ ބިދޭސީންގެ ތެރެއިން، ރާއްޖޭގައި ވަޒީފާ އަދާ ކުރަމުންގެންދާ ފަރާތްތަށް. މީގެތެރޭގައި ކުލަބް އެސޯސިއޭޝަން އަދި ޖަމިއްޔާތަކުން ގެނެސްފައިވާ ފަރާތްތަށް ހިމެނޭ ގޮތަށް.

އިމިގްރޭޝަން އިން ބުނީ ބިޒްނަސް އަދި ސްޕެޝަލް ވިސާގައި ތިބި ފަރާތްތަކުގެ ތެރެއިން ވޯކް ވިސާ އަށް ބަދަލުކުރާ ފަރާތްތަކުން އަންނަ އަހަރުގެ ޖޫން މަހުގެ 30ވަނަ ދުވަހުގެ ކުރިން ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ކުރިއަށް ގެންދިއުން އެދޭ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.