މިއަދު އެކަނިވެސް 4500އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް --

މިއަދު އެކަނިވެސް ރާއްޖެ އަށް 4،000އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ ވެސް ބޯޑަރު ހުޅުވާލި ފަހުން ރިކޯޑެއް ގާއިމް ކުރެވުނު ދުވަހެއް ކަމަށެވެ. އެގޮތުން މިއަދު އެކަނިވެސް 4،567 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. އޭގެ ފަހުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ ޖުލައި މަހުގެ 15ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލި ފަހުން ރާއްޖޭގެ އިގްތިސޯދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަން އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ.

އެގޮތުން ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވެސް އަންނަނީ ރަނގަޅުވަމުންނެވެ. ރިސޯޓުތަކާއި ގެސްޓު ހައުސްތައް ފަދަ ތަންތަނުގެ އޮކިއުޕެންސީ ރަނގަޅުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.