އެސްޓީއޯ އައިފާން ބިލްޑިންގެ ނަން އެފްއެސްއެމް އަށް ބަދަލުކޮށްފި

އައިފާން ބިލްޑިންގެ ނަން އެފްއެސްއެމް އަށް ބަދަލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އައިފާން ބިލްޑިންގެ ނަން އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަށް ބަދަލުކޮށްފިއެވެ.

އައިފާން ބިލްޑިންގެ ނަން އެފްއެސްއެމް އަށް ބަދަލުކޮށް އެ ބިލްޑިންގުގައި އެފްއެސްއެމްގެ ދިދަ ނަގައި ދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި އެފްއެސްއެމްގެ އެމްޑީ މުހައްމަދު ގަސަމްއެވެ.

އެސްޓީއޯ އައިފާން ބިލްޑިންގެ ނަން އެފްއެސްއެމް އަށް ބަދަލުކޮށްފައި ވަނީ އެކުންފުންޏަށް 20 އަހަރު ފުރުމާއި ގުޅިގެންނެވެ. އެ މުނާސަބާއި ގުޅިގެން އެސްޓީއޯ އިން ވަނީ އެކުންފުނީގެ “އެމްޓީ އަލިހުރަސް” ތެޔޮ ބޯޓު ވެސް އެފްއެސްއެމްއާ ރަސްމީކޮށް ހަވާލުކޮށްފައެވެ.

“އަލިހުރަސް” މި ބޯޓަކީ 8.5 މިލިއަން ލީޓަރުގެ ތެޔޮ ރައްކާ ކުރެވޭ ވަރުގެ ބޯޓެކެވެ. އެފްއެސްއެމް އިން ބުނީ އެ ބޯޓު އެ ކުންފުނީގެ ތެޔޮ ބޯޓުތަކުގެ ތެރެއަށް އިތުރުވެގެން ދިއުމަކީ މުސްތަގުބަލުގައި އެ ކުންފުންޏަށް ތެޔޮ ޑެލިވަރީ ކުރުމަށް ލިގިބިގެން ދާނެ އިތުރު ފަސޭހައަކަށް ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.