އެސްޓީއޯގެ ތެޔޮ ބޯޓު "އަލިހުރަސް" ރަސްމީކޮށް އެފްއެސްއެމްއާ ހަވާލުކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ތެޔޮ ބޯޓު "އަލިހުރަސް" އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

އެ ބޯޓު އެފްއެސްއެމް އަށް ހަވާލުކޮށްފައި މިވަނީ އެފްއެސްއެމްގެ 20ވަނަ އަހަރީ ދުވަހާއި ގުޅިގެންނެވެ. އެ ބޯޓު އެފްއެސްއެމް އަށް ހަވާލުކޮށް ދިނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ.

"އަލިހުރަސް" މި ބޯޓަކީ 8.5 މިލިއަން ލީޓަރުގެ ތެޔޮ ރައްކާ ކުރެވޭ ވަރުގެ ބޯޓެކެވެ. އެފްއެސްއެމް އިން ބުނީ އެ ބޯޓު އެ ކުންފުނީގެ ތެޔޮ ބޯޓުތަކުގެ ތެރެއަށް އިތުރުވެގެން ދިއުމަކީ މުސްތަގުބަލުގައި އެ ކުންފުންޏަށް ތެޔޮ ޑެލިވަރީ ކުރުމަށް ލިގިބިގެން ދާނެ އިތުރު ފަސޭހައަކަށް ކަމަށެވެ. އަދި ޑެލިވަރީ ކުރުމުގެ މަސައްކަތް އިތުރަށް ހަލުވި ވެގެން ދާނެ ކަމަށް އެފްއެސްއެމް އިން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.