ގައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް އިނާމު ދިނުން މިމަހު 26ގައި

މީގެކުރިން ބޭއްވި ގައުމީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް

ދިވެހި ދައުލަތުން މި އަހަރު ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށް ބާއްވަވާ ރަސްމީ ޖަލްސާ، މި މަހުގެ 26ވާ ހޮނިހިރު ދުވަހުގެރޭ ބާއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ ޖަލްސާ އޮންނާނީ، މިމަހުގެ 26ވަނަ ދުވަހުގެ ރޭ 20:30ގައި ޖުމްހޫރީ މައިދާނުގައި ކަމަށެވެ. މި ޖަލްސާ ބާއްވަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެންނެވެ.

ރައީސް އޮފީހުން ބުނީ އެ ޖަލްސާގައި ދެއްވާ އިނާމުތަކުގެ ތެރޭގައި، ގައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ހިމެނޭ ކަމަށެވެ.

ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށް މި ބާއްވަވާ ޖަލްސާ އިންތިޒާމު ކުރައްވަނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒުންނެވެ. އަދި މި ޖަލްސާގެ ކަންތައްތައް ރާއްވަވަމުން ގެންދަވަނީ، އެޗްޕީއޭގެ އިރުޝާދާއެކު ކޮވިޑުގެ ހާލަތާ ގުޅިގެން އަޅުއްވަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ. އެހެންކަމުން، ޖަލްސާއަށް ދައުވަތު އަރުވާ ބޭފުޅުންގެ އަދަދު، އެހެން އަހަރުތަކަށްވުރެ މި އަހަރު މަދުވާނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.