ލޯންޗެއް ދިޔަވެ މާލެ ފަޅުތެރެއަށް އަޑިއަށް ދިއުމާއި ގުޅިގެން އެ ލޯންޗު ނެގުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނޫ އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފަިއ ވަނީ މެންދުރުފަހު 13:45 ހާއިރު ކަމަށެވެ. އަޑިއަށްދިޔަ ލޯންޗަކީ 33 ފޫޓުގެ ލޯންޗެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އަޑިއަށްދިޔަ ލޯންޗު ނެގުމާއި ދިޔަ ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ހާމައެއް ނުކުރެއެވެ.