ފަސް ވެންޓިލޭޓަރު ލިބުނުއިރު ބާކީ 60 ވެންޓިލޭޓަރު ލިބޭނެ ދުވަހެއް ނޭނގޭ!

ވެންޓިލޭޓަރެއް ---

ކޮވިޑް19 އާއި ގުޅިގެން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ހަވާލުކޮށްގެން ގެނައުމަށް ނިންމި 75 ވެންޓިލޭޓަރުގެ ތެރެއިން އިތުރު ފަސް ވެންޓިލޭޓަރު ރާއްޖެ އަށް ލިބިއްޖެއެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ އެ ވެންޓިލޭޓަރުތައް މި މަހުގެ 14ވަނަ ދުވަހު ލިބިފައިވާ ކަމުގެ މެއިލްތައް އެ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށެވެ. އަދި ރާއްޖެ ގެނައުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ. އަދި މިހާރު ލިބިފައިވާ ވެންޓިލޭޓަރުތައް ޓެސްޓު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީ އިން ބުންޏެވެ.

މިހާރު އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން ރާއްޖެ އަށް ލިބިފައި ވަނީ 15 ވެންޓިލޭޓަރެވެ. މީގެކުރިން ރާއްޖެ އަށް ގެނައި 10 ވެންޓިލޭޓަރަކީ 10 ވެންޓިލޭޓަރެވެ. އެއީ މޮބައިލް ވެންޓިލޭޓަރުތަކެކެވެ. ނަމަވެސް ފަހުން ލިބުނީ އައިސީޔޫ ވެންޓިލޭޓަރުތަކެކެވެ. މޮބައިލް ވެންޓިލޭޓަރުތައް އެ ބޭނުންވާ ތަންތަނަށް ދަނީ ފޮނުވަމުންނެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ އަދިވެސް ބާކީ 60 ވެންޓިލޭޓަރު ލިބިފައި ނުވާ ކަމަށެވެ. އަދި އެ ވެންޓިލޭޓަރުތައް ލިބޭނެ ސީދާ ތާރީހެއް ނޭނގޭ ކަމަށް ވެސް ހެލްތު މިނިސްޓްރީ އިން ބުނެއެވެ.

ހަތްދިހަ ފަސް ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ “އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންގް” ކުންފުންޏާ ހަވާލުކުރިއިރު ގެރެންޓީއަކާއި ނުލާ އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.