ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ނުލިބޭ ނަމަ ކޯޓަށް ދާނަން: އިދިކޮޅު

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --

އަންނަ މާޗު މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރާ ލޯކަލް ކައުންސިލް އިންތިހާބުގައި ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށްވާ ނަމަ އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ސަރުކާރުގެ އިސް ފަރާތްތައް ރަސްމީ ދަތުރުތަކުގެ ނަމުގައި ކެމްޕެއިން ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް ކެމްޕެއިން ކުރުމަށް އިދިކޮޅު ކޯލިޝަނަށް ލިބެމުން ނުދާތީ ހީނާ ވަނީ އެކަމާ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

މިގޮތަށް މިކަން ދާ ކަމަށްވާ ނަމަ، ކުރިއަށް އޮތް ކައުންސިލް އިންތިހާބަކީ ދެފުށް ފެންނަ އިންތިހާބަކަށް ވެގެންދާނެ ކަމަށް އިދިކޮޅު ގަބޫލު ނުކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ހަމަހަމަކަމާއެކު ކެމްޕެއިން ކުރުުމުގެ ފުރުސަތު ނުލިބޭނަމަ، ޕީޕީއެމް-ޕީއެންސީން އެ މައްސަލަ ކޯޓަށް ހުށަހަޅާނަން ކަމަށް ހީނާ ވިދާޅުވިއެވެ.

ކެމްޕެއިން ކުރުމުގެ ގޮތުން އިދިކޮޅު ކޯލިޝަންގެ މެންބަރުން ވެސް ރަށްރަށަށް ދަތުރު ކުރަން ޖެހޭ ކަމަށް ވިދާޅުވެ ހީނާ ވިދާޅުވީ ދަތުރުތައް ކުރުމުގެ ހުއްދަ ދިނުމަށް އެދި އެތަކެއް ސިޓީއެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ފޮނުވާފައިވާ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އެއްވެސް ސިޓީ އަކަށް ޖަވާބު ދީފައި ނުވާ ކަމަށް ހީނާ ވިދާޅުވިއެވެ. ހީނާ ވިދާޅުވީ ސިޓީ އަކަށް ޖަވާބު ނުދޭތަނުގައި ގުޅުމުން ފޯނުވެސް ނުނަގާ ކަމަށެވެ.

ހީނާ ވަނީ އިދިކޮޅު ކޯލިޝަން އާމެދު އެޗްޕީއޭ އިން ތަފާތު ކުރުން ގެންގުޅޭތީ އެކަމާ ސުވާލު އުފައްދާވައެވެ. ރަށްތަކަށް ކޮވިޑް ފެތުރެނީ އިދިކޮޅު ކޯލިޝަންގެ މެންބަރުން ރަށްތަކަށް ދަތުރު ކުރަން ފެށުމުންތޯ ހީނާ ސުވާލު އުފެއްދެވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.