ތޫނު އެއްޗަކުން ހަމަލާދީ މާލޭގައި ބިދޭސީއަކު ޒަހަމްކޮށްލައިފި

ފުލުހުންގެ ދިދަ --

ތޫނު އެއްޗަކުން ހަމަލާދީ މާލޭގައި މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ ބިދޭސީއަކަށް ކަމަށެވެ. މި ހަމަލާ ދީފައި ވަނީ މާފަންނު ފިޔާތޮށި ގޯޅީގައެވެ.

ބިދޭސީ މީހާ އަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ. ފުލުހުން ބުނީ އެ ހާދިސާގައި ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިރޭގެ 22:05ހާއިރު ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.