ހުޅުމާލޭގައި 162 ހައުސިން ޔުނިޓު އަޅަނީ

162 ހައުސިން ޔުނިޓު އެޅުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

ހުޅުމާލޭގައި 162 ހައުސިން ޔުނިޓު އެޅުމަށް އަމިއްލަ ފަރާތަކާއި ހުޅުމާލެ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުކޮށްފިއެވެ.

މި ހައުސިން ޔުނިޓަކީ ހުޅުމާލެ "މިކްސް ރެސިޑެންޝަލް ޑިވެލޮޕްމަންޓް" ދަށުން ތަރައްގީ ކުރާ ހައުސިން ޔުނިޓުތަކެކެވެ. މި 162 ހައުސިން ޔުނިޓު އެޅުމަށް ހަވާލުކުރީ ރެއިންބޯ މެގަ ޑިވެލޮޕާސް އާއެވެ. އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދެވެ. ރެއިންބޯ މެގަ ޑިވެލޮޕާސްގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މާޒިން އިބްރާހީމެވެ.

މި މަޝްރޫއު އަކީ މެދު ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއުއެކެވެ. މި މަޝްރޫއު ހަވާލު ކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މެދު ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ ކުރި ނަމަވެސް ލަގްޒަރީ ފެންވަރުގެ ތަންތަނުން ލިބޭ ހިދުމަތްތައް ލިބިގެން ދާނެއެވެ.

އެގޮތުން ސުވިމިން ޕޫލްއާ ޖިމް ފަދަ ވަސީލަތްތައް ލިބިގެން ދާނެ ކަމަށް އެޗްޑީސީ އިން މައުލޫމާތުދެއެވެ. އެޗްޑީސީ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ހުރިހާ ފަންތިއަކަށް އަމާޒުކޮށްގެން ކުރިޔަށް އޮތް ތަނުގައި މިފަދަ ގިނަ މަޝްރޫއުތަކެއް ހިންގުން ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.