އެމްޑީޕީ އަށް އެސްޖީއެއް ހޯދަނީ

އެމްޑީޕީ އިން ބޭއްވި ހިނގާލުމެއްގެ ތެރެއިން --

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އެއް ހޯދަން އިއުލާންކޮށްފިއެވެ.

އެމްޑީޕީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ މަގާމުގެ ޝަރުތަކީ މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު ނުވަތަ ގާބިލްކަން ހުރިކަން ސާބިތުކޮށްދިނުމާއެކު، ޔުނިވާސިޓީ ޑިގްރީއެއް ލިބިފައިވުމުގެ އިތުރުން ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އެމްޑީޕީގެ މެންބަރެއް ކަމުގައިވުމެވެ.

އެ މަގާމުގެ މުސާރައަކީ ދެފަރާތް އެއްބަސްވާ އަދަދެއް ކަމަށްވެސް އިއުލާނުގައި ބުންޏެވެ.

އެ މަގާމަށް ޝައުގުވެރިހާ އަދި މަގާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 14:00 ނިޔަލަށް، އެމްޑީޕީގެ ގައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ 2 ވަނަ ފަންގިފިލާ) އަށް ސިޓީއާއި ވަނަވަރު ހުށަހެޅުމަށް އެޕާޓީ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

އެމްޑީޕީ އަށް އެސްޖީއެއް ހޯދަން އިއުލާން ކޮށްފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި އަނަސް އަބްދުއްސައްތާރު ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ މަގާމަށް ވާދަކުރައްވަން ނިންމާފައިވުމާއި ގުޅިގެންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.