ބޮޑު ހިޔާނާތާއި ގުޅިގެން ނިހާންގެ ޕާސްޕޯޓު ހިފަހައްޓައިފި

އަހުމަދު ނިހާން ހުސައިން މަނިކު: ފޮޓޯ / ސަން

މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުފެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

އެ މައްސަލަ އާއި ގުޅިގެން ފުލުހުން މީޑިއާ އޮފިޝަލަކު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުންހުރި މައްސަލައެއްގައި ނިިހާން ފުރުން މަނާކޮށްފައިވާ ކަމަށެވެ.

ނިހާނުގެ ޕާސްޕޯޓު ހިފެހެއްޓިއިރު ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އެކުލަވާލި ރިޔާސީ ކޮމިޝަނަށް މީގެކުރިން ނިހާން ވަނީ ހާޒިރުކޮށް ސުވާލު ކުރައްވާފައެވެ.

ނިހާންގެ ޕާސްޕޯޓު އެމްއެމްޕީއާރްސީ މައްސަލަ އާއި ގުޅިގެން ހިފެހެއްޓިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އަދި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އެ ސަރުކާރުގައި ހުންނެވިއިރު އަދީބު ދިފާއު ކުރައްވާ ނިހާން ވަނީ އެކި ޕްލެޓުފޯމުތަކުގައި ވާހަކަދައްކަވާފައެވެ.

ނަމަވެސް ނިހާން ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އޭނާ އަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.