ކަނޑުމަތީގައި ސިފައިން ތަމްރީނުތަކެއް ބާއްވަން ނިންމާފައި ވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިއްޖެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީ އިން ނެރެފައިވާ ނޫސްބަޔާނެއްގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް މި މަހުގެ 27ވަނަ ދުވަހުގެ 18:30 އިން 22:30 އަށް ކ. ގިރިފުށީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް
1- .ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : އޭކޭ ސީރީޒް ރައިފަލް
2- ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 4100 މީޓަރ
3- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 100 މީޓަރ
4- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
5- ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ގިރިފުށީގެ ރޭންޖްއިން ހުޅަނގު ދެކުނު
ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނީ އެ ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދީގެން ދަތުރުފަތުރު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.