މީޑިއާ ކައުންސިލްގެ ރައީސަކަށް ޝަހުބާން، ނައިބަކަށް ޝަގީފް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ހަ ވަނަ ދައުރުގެ ރައީސަކަށް ސަންގުޓީވީގެ ނޫސްވެރިޔާ ޝަހުބާން ފަހުމީ އިންތިޚާބުކޮށްފިއެވެ.

ޝަހުބާން އަދި ޝަގީފް މި މަގާމުތަކަށް އިންތިހާބު ކުރީ މިއަދު އަލަށް މިއަދު ބޭއްވި މީޑީއާ ކައުންސިލްގެ ހަވަނަ ދައުރުގެ މެންބަރު ކަމަށް އިންތިހާބުވި މެންބަރުންގެ ފުރަތަމަ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ތިން މެންބަރަކު ވަނީ ރައީސަކަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެއީ ޕީއެސްއެމްގެ ފަރާތުން ކައުންސިލަށް އިންތިހާބުވި އަލީ ހުސައިން އާއި ސަންގު ޓީވީގެ ފަރާތުން ކައުންސިލަށް އިންތިހާބުވި އަދި ރައީސަކަށް މިހާރު އިންތިހާބުވެވަޑައިގެންފައިވާ ޝަހުބާން ފަހުމީގެ އިތުރުން އާއްމު މެންބަރުންގެ ތެރެއިން ކައުންސިލަށް އިންތިހާބުވި މުހައްމަދު ޝަފާއުއެވެ.

މި މެންބަރުންގެ ތެރެއިން ޝަހުބާން ރައީސަކަށް އިންތިހާބުވެވަޑައިގެންނެވީ 6 މެންބަރުންގެ ވޯޓުންނެވެ. އަލީ ހުސައިން އަށް ފަސް ވޯޓު ލިބިވަޑައިގެންނެވިއިރު ޝަފާއު އަށް ލިބިވަޑައިގެންނެވީ ތިން ވޯޓެވެ.

ނާއިބު ރައީސް ކަމަށް ކުރިމަތިލެއްވީ ތިލަދުންގެ ފަރާތުން އިންތިހާބުވި ޝަގީފެވެ. ޝަގީފު ނާއިބު ރައީސަކަށް އިންތިހާބުވީ ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.